2013 SC L 02

‫ނަންބަރު‪2012/SC-L-J/4 :‬‬ ‫ސުޕްރީމް ކޯޓުން ބެލުމުގެ ހުއްދައަށް އެދި ހުށަހަޅާ މައްސަލަތައް ނިންމާގޮތުގެ ޚުލާޞާ‬ ‫‪ .1‬...

17 downloads 155 Views 305KB Size
‫ނަންބަރު‪2012/SC-L-J/4 :‬‬

‫ސުޕްރީމް ކޯޓުން ބެލުމުގެ ހުއްދައަށް އެދި ހުށަހަޅާ މައްސަލަތައް ނިންމާގޮތުގެ ޚުލާޞާ‬ ‫‪ .1‬މައްސަލަ ހުށަހެޅުމުގެ ހުއްދައަށް އެދޭ ފަރާތުގެ ނަމާއި އެޑްރެސް‪:‬‬ ‫‪ ‬ނަމާއި އެޑްރެސް‪ :‬އިބްރާހީމް ޢަލީ‪ ،‬މ‪.‬މ‪.‬ހ‪ .‬ދަފްތަރު ނަންބަރު ސރ ‪ / 2330‬މާލެ‬ ‫‪ .2‬މައްސަލަ ހުށަހެޅުމުގެ ހުއްދައަށް އެދޭ މައްސަލައިގެ ދަޢުވާ ރައްދުވާ ފަރާތުގެ‪:‬‬ ‫‪‬‬

‫ނަމާއި އެޑްރެސް‪ :‬އުރްސުލާ ސުނާނާ ކޮއިޕްފްލީ ‪ /‬ސްވިޒްލޭންޑް‬

‫‪ .3‬ހުށަހެޅި މައްސަލައާ ގުޅޭ ކޯޓު‪:‬‬ ‫‪ ‬ދިވެހިރާއްޖޭގެ ހައި ކޯޓު‬

‫ޤަޟިއްޔާ ނަންބަރު‪2011/HC-A/270 :‬‬

‫‪ .4‬މައްސަލާގެ ޚުލާސާ ‪:‬‬ ‫މި މައްސަލައަކީ ހައިކޯޓުގެ ނަންބަރު‬

‫‪2011/HC-A/270‬‬

‫ޤަޟިއްޔާއިން ނިންމާފައިވާ ނިންމުން ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ‬

‫ޚިލާފުކަމަށް ބުނެ ސަބަބު ބަޔާންކޮށް އެނިންމުން އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި އިބްރާހީމް ޢަލީގެ ފަރާތުން ހުށައެޅި‬ ‫މައްސަލައެކެވެ‪.‬‬ ‫‪ .5‬އިސްތިއުނާފުކުރުމުގެ ހުއްދަ ދިނުމާމެދު ނިންމިގޮތް‪:‬‬ ‫މައްސަލަ އިސްތިއުނާފުކުރުމުގެ ހުއްދަ ދޭނެ ތަނެއް ނެތްކަމަށް‪.‬‬

‫ނިމުނު ތާރީޚް ‪ 00:‬ޖެނުއަރީ ‪2013‬‬

‫މައްސަލަ އިސްތިއުނާފުކުރުމުގެ ހުއްދަ ދޭނެ ތަނެއް ނެތްކަމަށް ނިންމި ސަބަބު‪:‬‬ ‫މި މައްސަލައަކީ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު މަރުޙަލާގައި ބަލައި ފައިސަލާ ކުރަނިވި ޙުކުމެއް‬

‫ކޮށްފައިވާ މައްސަލައަކަށްވެފައި‪ ،‬މި މައްސަލަ ސުޕްރީމް ކޯޓުގައި އިލްތިމާސަށް ހުށައެޅި ސަބަބުތަކަށް ބެލިއިރު‪ ،‬ދިވެހިރާއްޖޭގެ‬ ‫ހައިކޯޓުގެ ޙުކުމް ރަނގަޅުނޫންކަމަށް ބަލަންޖެހޭ އެއްވެސް އަސާސެއް އޮތްކަމަށް ބެލެވެން ނެތަތީއާއި‪ ،‬އަދި ދިވެހިރާއްޖޭގެ ހައިކޯޓުގެ‬ ‫ނަންބަރު ‪ 2011/HC-A/270‬ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަކީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތަށް ކޮށްފައިވާ‬ ‫ޙުކުމަކަށްވާތީއާއި‪ ،‬އެ ޙުކުމަށް އެއްވެސް ބަދަލެއް ގެންނަންޖެހޭ ފަދަ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ނެތަތީ‪ ،‬ދިވެހިރާއްޖޭގެ‬ ‫ހައިކޯޓުގެ ނަންބަރު ‪2011/HC-A/270‬‬

‫ޤަޟިއްޔާއަކީ ނަންބަރު ‪( 22/2010‬ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނޫ) ގެ ‪ 16‬ވަނަ‬

‫މާއްދާ އާއި‪ ،‬ސުޕްރީމް ކޯޓުގެ ޤަވާޢިދުގެ ‪ 42‬ވަނަ މާއްދާގައި ވާގޮތުގެ މަތިން‪ ،‬ސުޕްރީމް ކޯޓުން ހުއްދަ ދެވިދާނެ މައްސަލައެއް‬ ‫ނޫންކަމަށް ފަނޑިޔާރުންގެ މަޖިލީހުން ކަނޑައަޅާފައިވުން‪.‬‬ ‫‪ .6‬މައްސަލަ ބެއްލެވި ފަނޑިޔާރުން‪ :‬ފަނޑިޔާރު ޢަބްދުﷲ ސަޢީދު‪ ،‬ފަނޑިޔާރު ޢަބްދުﷲ ޢަރީފް‪ ،‬ފަނޑިޔާރު އާދަމް މުޙައްމަދު‬ ‫ޢަބްދުﷲ‪ ،‬ފަނޑިޔާރު ޑރ‪ .‬އަޙްމަދު ޢަބްދުﷲ ދީދީ‪ ،‬ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާން‪.‬‬

‫ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު | ތީމުގެ | އޯކިޑްމަގު | މާލެ | ދިވެހިރާއްޖެ‬ ‫‪Supreme Court of the Maldives | Theemuge | Orchid Magu | Male’| Republic of Maldives‬‬ ‫ވެބްސައިޓް‪ | URL: www.supremecourt.gov.mv :‬ފެކްސް‪ | Fax: + 960 3008554 :‬ފޯން‪Tel: + 960 3009990 :‬‬